ރާއްޖެއިން "ޓްރިޕަލް އެލިމިނޭޝަން' ހާސިލުކުރުމުން ރައީސްގެ މަރުހަބާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރާއްޖެއިން "ޓްރިޕަލް އެލިމިނޭޝަން' ހާސިލުކުރުމުން ރައީސްގެ މަރުހަބާ

SHARE

މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ، ފެތުރުން ހުއްޓުވި ގައުމަކަށް ރާއްޖެ ވުމުން، އެކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯގެ "ޓްރިޕަލް އެލިމިނޭޝަން"ގެ ލަގަބު ރާއްޖެ ލިބިގެންދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. ރާއްޖޭގެ މި ކާމިޔާބީ ޑަބްލިއުއެޗްއޯ އިން ބަލައިގަތުމުން އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ މި ކާމިޔާބީ ހާސިލުކުރުމަށްސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި މުޖުތަމައުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖެ އަކީ މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ އަދި ސިފްލަސް ވެސް ނުފެތުރޭ ގައުމެއްގެ ގޮތުގައި ކަނޑައަޅައި، "ޓްރިޕަލް އެލިމިނޭޝަން" ހާސިލުކުރި ފުރަތަމަ ގައުމެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ސިއްހީ ދާއިރާ އާ ގުޅުންހުރި އަމާޒުތައް ހާސިލްކޮށް ބަލިތައް ނައްތާލުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ލިބޭނެ ކަމަށެވެ.