މީޑިއާ ކޮމިޝަނަށް 10 މީހަކު ކުރިމަތިލައިފި

ރައްޔިތުންގެ މަޖިލިސް----
ރައްޔިތުންގެ މަޖިލިސް----

މީޑިއާ ކޮމިޝަނަށް 10 މީހަކު ކުރިމަތިލައިފި

SHARE

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ މަގާމުތަކަށް 10 މީހަކު ކުރިމަތިލައިފި އެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. މަޖިލީހުން އައްޔަނުކުރާ މަގާމުތަކަށް ހުޅުވާލުމުން 10 މީހަކު ކުރިމަތިލި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެމީހުންގެ ނަންތައް އިއުލާނުކުރުމަށްފަހު ކޮމިޓީއަށް ފޮނުވާފަ އެވެ.

  • ފާތިމަތު ފަހުމީ، ސީނަރީ/ ގދ. މަޑަވެލި
  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ބިއްލޫރިވިލާ ދ. މީދޫ
  • ސަހާރަތު އިއްޒަތު، ގ. ގޮފި
  • އިބްރާހީމް މުހައްމަދު، ގ. ވިންޑް
  • މޫސާ ރިލްވާން. މ. ހާވިލާ
  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • ސެހެނާޒް އަދުނާން، ދަފްތަރު ނަންބަރު ރސ 8580
  • މުހައްމަދު ސާމިން، ފިނިވާގެ/ އއ. ތޮއްޑޫ
  • ޝަފީގާ ނައީމް، ބީޗްސައިޑް/ ފ. ނިލަންދޫ

އެ މަގާމުތަކަށް ކުރިމަތިލެއްވި ސަފާ ޝަފީގާއި ސަހާރަތު އިއްޒަތުގެ އިތުރުން މޫސާ ރިލްވާން އަކީ މިފަހުން އުވާލި ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބެވި މެމްބަރުން ނެވެ.އެ މީހުންނާ އިންޓަވިއުކޮށް ތަޅުމަށް ނަންތައް ފާސްކުރަން ފޮނުވާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނެވެ.

މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ވަނީ ވޯޓަކާ ނުލައި މިދިޔަ ހަފްތާގަ ހޮވިފަ އެވެ. އެއީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމް އެވެ.