ހިފެހެއްޓި ފޯނަކުން އެއްޗެއް ލީކެއް ނުވާނެ: ފުލުހުން

shaheedh-hussein-adam-building-police-fuluhun-7-of-12-1024x684-1-1024x630

ހިފެހެއްޓި ފޯނަކުން އެއްޗެއް ލީކެއް ނުވާނެ: ފުލުހުން

SHARE

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ،

ފުލުހުން މިހެން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވިކަމަށް ފޯނުގެ ވެރިފަރާތުން ފުލުހުންގެ މައްޗަށް ތުހުމަތުކުރުމުން، ނެރުނު ބަޔާނެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި، ތަހުގީގަށް ނަގާ ޑިޖިޓަލް ޑިވައިސްތައް ބެލެހެއްޓުމުގައި އަމަލުކުރަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތް އުސޫލުތަކެއްގެ މައްޗަށެވެ. އަދި މި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތަކާ، އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާނެ ކަމުގެ ޔަގީންކަން ފުލުހުން އަރުވަ އެވެ

ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނިގޮތުގައި އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާ އެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެންނެވެ. އަދި އެ އިދާރާގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދު ވެސް އިސްކަންދޭ ކަންކަންކަމަށް ބުންޏެވެ.