އައްޑޫގެ އާއްމު ވޯޓު: ވޯޓު ލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އައްޑޫ މީދޫ

އައްޑޫގެ އާއްމު ވޯޓު: ވޯޓު ލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

SHARE

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މި މަހުގެ 25 ވަނަ ދުވަހު ނަގާ އާއްމު ވޯޓުގައި ވޯޓު ލާން ރެޖިސްޓްރީވެފައިވާ ފަރާތްތަކުގެ ލިސްޓު އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް ނަގަން ހަމަޖެހިފައިވާ މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9577 މީހަކަށް ލިބެ އެވެ. އިލެކްޝަނުން ވަނީ އެ ލިސްޓު އާއްމުކޮށް، މާދަމާއިން ފެށިގެން އާދީއްތަ ދުވަހުގެ 03:00 އާ ހަމަޔަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަނުން ބުނިގޮތުގައި ޝަކުވާ ފޯމު މެދުވެރިކޮށެވެ. އެ ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި އިދާރާއިން ލިބެން ހުންނާނެއެވެ. އެ ކޮމިޝަނުގެ މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.

އައްޑޫގެ އާއްމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ހުށަހެޅުއްވުމުން ނެވެ މި ވޯޓުގައި އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ އާއި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބަލާނެ އެވެ.