ވިޔަފާރިކުރުމާ ގުޅޭ ހިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށްޓަކައި އުފެއްދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް އަށް ބަދަލުކޮށްފި އެވެ.
އެ ކުންފުނީގެ ނަން ބަދަލުކުރެއްވި ސަބަބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރެއްވި ގަރާރުގައިވަނީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކުރުން ކަމަށެވެ
އެކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0″ ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އެ ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް އެ ގަރާރުގައި ވެ އެވެ.
ސަރުކާރުގެ 100% ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގަ ޓްރޭޑްނެޓް މޯލްޑިވްސް 2019 ވަނަ އަހަރު އުފެއްދީ، ރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގްސަދުގަ އެވެ.