ޖަރުމަނުވިލާތުގެ އާ ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

430463_d568c70b-e_

ޖަރުމަނުވިލާތުގެ އާ ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

SHARE

ޖަރުމަނުވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޮކްޓަރ ފީލިކްސް ނިއުމަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.

ޖަރުމަނުވިލާތުގެ ސަފީރު، މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވުމަށް ރައީސް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ޖަރުމަނުވިލާތުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ،  މަރްހަބާ ވިދާޅުވެފަ އެވެ.

ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 05 ވަނަ ދުވަހުގަ އެވެ.