އެންމެ ބޮޑު އިސްކަމެއް ދޭނީ މަންދޫގެ ސްކޫލް ނިންމަން: ރައީސް

އދ. މަންދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން

އެންމެ ބޮޑު އިސްކަމެއް ދޭނީ މަންދޫގެ ސްކޫލް ނިންމަން: ރައީސް

SHARE

އދ. މަންދޫގައިި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، އެންމެ އިސްކަންދެއްވާނެ އެއް މަޝްރޫއަކީ ސްކޫލް އެޅުމުގެ މަޝްރޫއު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމުގެ މަންދޫ ސްކޫލްގެ 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއުއާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށައި އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. ރައީސް ވަނީ މިއަދު އަމަލީ މަސައްކަތް ފެށިގެންދިޔަ ހުރިހާ މަޝްރޫއުތައް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގަ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބިންގާ އަޅައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފަ އެވެ. ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމެއް ވެސް ވަނީ ހުޅުވާފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސް ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފަ އެވެ.