ކޮރަޕްޝަނާ ގުޅޭ 6 ބިލަކާ އެކު މި ދައުރުގަ 27 ބިލެއް ހުށަހަޅަނީ

އދ. މަހިބަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން

ކޮރަޕްޝަނާ ގުޅޭ 6 ބިލަކާ އެކު މި ދައުރުގަ 27 ބިލެއް ހުށަހަޅަނީ

SHARE

ކޮރަޕްޝަން ހުއްޓުވުމާ ގުޅޭ ހަ އިސްލާހަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ޖުމްލަ 27 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މމިދިޔަ ހަފްތާގަ ފެށުނު މަޖިލީހުގެ އާ ދައުރުގެ ތެރޭގައި 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ތެރޭގައި އައު ގާނޫނުތަކެއްގެ ގޮތުގައި ތަޢާރަފު ކުރެވިގެންދާ 12 ގާނޫނެއް ވެސް ހިމެނޭނެ ކަމަށެވެ.

ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ވެސް ހިމެނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިސްލާހެވެ. އަދި މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަން ރައީސްގެ ވޯޓުގައި ފާހަގަކުރެއްވި އެވެ.  .

ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ވެސް 6 ބިލެއް ހުށަހަޅާ ކަމަށާއި އެއީ ކޮރަޕްޝަން ނައްތާލުމަށް ގާނޫނުގައި މިވަގުތު ހުރި ހުރަސްތައް ނައްތާލައި، ހަގީގީ މާނާގައި ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އިސްލާހުތަކެއް ކަމަށެވެ. އަދި އެއީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަނި ވާން އޮތް ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ މިހާރު ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން "ދެމިގަންނަ ފަރާތްތައް" ހުއްޓުވުމަށް އިސްލާހުތަކެއް ގެނެވޭނެ ކަން ފާހަގަކުރައްވާފަ އެވެ.

އެސެޓް ރިކަވަރީ ބިލުވެސް މި ދައުރުގެ ތެރޭގައި ހުށަހަޅާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި، ގާނޫނުލް އުގޫބާތަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. ކޯޓުތަކުގެ ގާނޫނަށް ވެސް ގެންނަވައި، ކޯޓުތަކުގައި ތަޅު އަޅުވާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި ގެންނަން މަސައްކަތް ކުރާ މި އިސްލާހުތަކާއި ޖުޑިޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައީސް ވިދާޅުވި އެވެ.