ފޮފަޅަގައު ފަޅަކީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި ކަނޑައަަޅައިފި

ހދ. ކުނބުރުދޫ

ފޮފަޅަގައު ފަޅަކީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި ކަނޑައަަޅައިފި

SHARE

އދ. ފޮފަޅަގައު ފަަޅަކީ އެ އަތޮޅުގެ ކުނބުރުދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ފޮފަޅަގައު ފަޅަކީީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ރައީސް މިއަދު ގަރާރެއް ނެރުއްވީ، ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިމުގެ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން ނެވެ.

އެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފަވާގޮތަށް ބަދަލު ގެނެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު މިހާރު ވަނީ އަދާހަމަކޮށްފަ އެވެ.

ފޮފަޅަގައު ފަޅަކީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވިއިރު އެމަނިކުފާނު މިހާރު ގެންދަވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރާތްކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުން ނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގަ ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތަކަށް ބަދަލުވެސް ގެންނަވަ އެވެ. ރަށްރަށުގަ ތަރައްގީގެ މަޝްރޫއުތައް އިއުލާނުކުރައްވައި ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް ދަނީ ފަށަމުން ނެވެ.