G2lGdbDbAAAg8HC

ފެންފުށީ ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

SHARE

އދ. ފެންފުށީގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަޝްރޫއުުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އިންވަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

މި މަޝްރޫއުގެ ދަށުން، މިހާރު ހުރި އޮފީސް އިމާރާތް ރެނޮވޭޓް ކުރުމާއ،ި ނުރައްކާތެރި ކުނި ރައްކާ ކުރާނެ ތަނެއް ގާއިމުކުރުން ހިމެނެ އެވެ. އަދި ވެއާ ހައުސްއެއް ގާއިމުކޮށް، ލޭންޑް ސްކޭޕިން މަސައްކަތްތަކާއ،ި ވަށާ ފާރު ރޭނުމުގެ މަސައްކަތްވެސް ކުރާނެ އެވެ. މިއީ 1.17 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކުނި މެނޭޖްކުރުމުގެ މަޝްރޫއުގެ އިތުރުން އެމްޓީސީސީއާ އެހެން މަޝްރޫއުތަށްވެސް ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން، ފެންފުށީ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަސަތްކަށްވެސް ވަނީ ހަވާލުކޮށްފަ އެވެ.

ފެންފުށީ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް ސްޕޯޓްސ،ް ފިޓްނަސް އެންޑް ރެކްރިއޭޝަނ،ް އަބްދުﷲ ރާފިއު އެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އާއ،ި ފެންފުށީ ކައުންސިލް މެންބަރުންވެސް ބައިވެރިވަޑައިގަތެވެ.

މި މަޝްރޫއުގެ ދަށުން، ކޮންކްރީޓް މަސައްކަތްތަކާއ،ި ދަގަނޑުގެ މަސައްކަތްތަކާއ،ި ކަރަންޓު މަސައްކަތްތަކާއ،ި ޓާރފް އެޅުމާއ،ި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ. މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަސަތްކަށް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

47 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 1.4 ހެކްޓަރުގެ ބިން ހިއްކައި 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހަން ވަނީ ނިންމައިފަ އެވެ. އަދި 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖަހައި، 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ޖެހުމުގެ އިތުރުން ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރަން ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން ފެންފުށީގައި އާ މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އަމަލީ މަސަތްކަތް ވަނީ ފަށާފަ އެވެ.

އެގޮތުން ފެންފުށީގައި ގާއިމް ކުރާ އާ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ މިނިސްޓަރް އޮފް އިސްލާމިކް އެފެއާޒް ޑރ. ޝަހީމް އަލީ ސައީދް އާއި ކޭ އެންޑް އެފް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް ގެ ޑިރެކްޓަރ އަހްމަދު އަކްރަމް އެވެ.

މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭނެ އެވެ. އަދި މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ހަރުކުރެވި އޭސީ ކުރެވޭނެ އެވެ.

ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ އަމަލީ މަސަތްކަތް ފައްޓަވައިދެއްވާފައި ވަނީ، މިނިސްޓަރު އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އަދި އެމްޓީސީސީ ގެ މެނެޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި ސަރުކާރުން ދަނީ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ހާއްސް އިސްކަމެއް ދެމުންނެވެ.