ވޭޕް މަނާކުރުމުން ޑަބްލިއުއެޗްއޯގެ ތައުރީފް

World_Health_Organisation_headquarters,_Geneva,_north_and_west_sides_2007

ވޭޕް މަނާކުރުމުން ޑަބްލިއުއެޗްއޯގެ ތައުރީފް

SHARE

ރާއްޖޭއަށް ވޭޕް އެތެރެކޮށް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން ޑަބްލިއުއެޗްއޯ އިން ތައުރީފްކޮށްފި އެވެ.

ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުންކުރުން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާގުޅިގެން ރާއްޖެއަށް ތައުރީފުކޮށް، އެ ނިންމުމަށް މަރުހަބާ ކިޔައި ޑަބްލިއުއެޗްއޯ، ސައުތު-އީސްޓް އޭޝިއާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސްގެ އެ ނިންމެވުމަކީ ވަކިން ޚާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި 2019 ވަނަ އަހަރުގެ 'ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭ' އިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވަނީ އީ-ސިނގިރޭޓް ބޭނުންކޮށްފައެވެ.

ޚާއްސަކޮށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި އީސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޕޯސްޓުގައިޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

އެ ޖަމްއިއްޔާ އިން ބުނިގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް ކަމަށެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން މައިގަނޑުކޮށް އެޅުއްވުމަށް ނިންމެވީ ދެ ފިޔަވަޅެކެވެ. އެއީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ އަދި އެޑްވަލޮރަމް ރޭޓް މަތިކުރަން ނިންމެވި ނިންމެވުމެވެ.

އެގޮތުން ރައީސް ވިދާޅުވިގޮތުގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މިހަފުތާގައި މަޖިލީހަށް ފޮނުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމަވާފައިވަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށާއި މިމުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށެވެ.