އދ. ދަނގެތީގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެންކުރިޔަށް ގެންދާ މި މަޝްރޫއުގެ، ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އޮފް ސްޕޯޓްސް އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފެވެ.
ދަނގެތީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމް އާއި އެރޮބިކްސްއާއި ބޯޑު ގޭމުތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ ސެންޓަރެކެވެ. މީގެއިތުރުން މި ސެންޓަރުގައި މީޓިންގ ރޫމާއި އެކި ކަހަލަ ޓްރޭނިންތައް ހިންގުމަށް ކުލާސް ރޫމްވެސް ހިމެނޭނެ އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.