އެއްވުން ރޫޅާލަން ބޭނުންކުރީ ގަވާއިދު ހުއްދަ ކުރާ ބާރުތައް: ފުލުހުން

InShot_20251004_190919587-860x573

އެއްވުން ރޫޅާލަން ބޭނުންކުރީ ގަވާއިދު ހުއްދަ ކުރާ ބާރުތައް: ފުލުހުން

SHARE

އެމްޑީޕީން އިންތިޒާމްކޮށްގެން ހުކުރުދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ބޭނުންކޮށްފައިވަނީ ގާނޫނު ހުއްދަކުރާ ބާރުތައް ކަމަށް ފުލުހުން ބުނެފިއެވެ.

ސަރުކާރާ ދެކޮޅަށް ބޭއްވި "ލޫޓުވާލައިފި" މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް ވަނީ ކޮށްފަ އެވެ. މި ތުހުމަތު އަމާޒުވެފައި ވަނީ އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަންއެއް ބޭނުންކުރި މައްސަލައިގަ އެވެ.

އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުންވެސް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި، ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ. އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި އެއްވުމުގެ ބައިވެރިންނަށް ހޯމް މިނިސްޓްރީން ވަނި މަގުތަކެއް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، ފުލުހުން ވަނީ ބައިވެރިން ވަނީ ކުރިން އެއްބަސްވެފައިވާ ގޮތާ ހިލާފަށް މަޖީދީމަގުން ދިއުމަށް މަސައްކަތް ކުރިކަން ފާހަގަކޮށްފަ އެވެ. އަދި ފުލުހުން ވަނީ ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކުރި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެއްވުމުގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި، މަގު ބަންދުކުރުމަށް ބޭނުންކުރި ބެރިކޭޑް ނަގައި އެއްލާލައި، އަދި ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށްފައެވެ. މީގެ އިތުރުން އެއްވުމުގެ ބައިވެރިން ވަނީ ޝީލްޑެއް ނަގައި ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މުޒާހަރާ ހުއްޓުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި ސިފަ ގެއްލިފައިވުމާއި ހުއްދަ ނޫން ތަނަކަށް އެއްވާން މަސައްކަތްކުރުމުންނެވެ.