ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 136،500 ރ. ގެ ޖޫރިމަނާ

174510_3_896b1a007a117604efc6d1aed657d080de2a66d2_medium

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 136،500 ރ. ގެ ޖޫރިމަނާ

SHARE

މިދިޔަ މަހު ވޭޕް ބޭނުންކުރުމާ ގުޅުންހުރި މައްސަލަތަކުގައި 136,500 ރުފިޔާގެ ޖޫރިމަނާ ކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ވޭޕާ ގުޅުންހުރި 13 މައްސަލައެއް ބަލައި ތަހްގީގުކޮށްފައިވެ އެވެ. މި މައްސަލަތަކާ ގުޅިގެން 24 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • އިލެކްޓްރޯނިކް ވޭޕާއި އެފަދަ އާލާތްތައް ގެންގުޅުމުގެ 6 މައްސަލަ
  • ވޭޕް ބޭނުންކުރުމުގެ 3 މައްސަލަ
  • ވޭޕާ ގުޅޭ އެހެނިހެން 4 މައްސަލަ

ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 10 މައްސަލަ އެއްގައި  41,000 ރުފިޔާ އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއް 95,500 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނަށް އަމަލުކުރަން ފެށީ 2022 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުގެ ކުށަށް 50,000 ރުފިޔާއިން ޖޫރިމަނާކުރެވެ އެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވެ އެވެ.

ފުލުހުން ވަނީ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އާންމުން ފުރިހަމައަށް އަމަލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ހިދުމަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މި ގާނޫނު ތަންފީޒުކުރުމުގެ ސަބަބުން ވޭޕް ބޭނުންކުރުން މަދުވެ، އާންމު ސައްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.