ގިނަ ޒުވާނުން ކޮންގްރެސް ޕާޓީއާ ގުޅިއްޖެ

ގަޓު މުއާ އާއި ޔޫއްޕެ ޕީއެންސީއަށް ވަނުމުގެ އިގްރާރުގައި ސޮއިކޮށް، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމާ އިގްރާރުތައް ހަވާލުކުރަނީ-- ފޮޓޯ/ސަން

SHARE

ގިނަ އަދަދެއްގެ ޒުވާނުން ރޭ ބޭއްވި ޖަލްސާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ގުޅިއްޖެއެވެ.

ޒުވާނުން ޕާޓީއާ ގުޅިފައިވަނީ އީފާސް މެދުވެރިކޮށެވެ. ކޮންގްރެސް ޕާޓީން ރޭ ބޭއްވި ފޯރިގަދަ ހަރުގެ ޖަލްސާގައި، އަލަށް ގުޅުނު މެންބަރުން ވަނީ މެންބަރޝިޕް ފޯމު އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކޮށްފަ އެވެ.

މި ޖަލްސާގައި ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އަދި، މި ޖަލްސާގައި ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ގިނަ ޒުވާނުންގެ އިތުރުން ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)ވެސް ޕީއެންސީއަށް ސޮއި ކުރިއެވެ. ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާއަކީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ކޮންގްރެސް ޕާޓީން ބޭއްވި ހަރުގެ ޖަލްސާއެކެވެ.