އެމްޑީޕީން ކުށްކުރާ ގްރޫޕުތައް ނެރެ، ތަންތަނަށް ގެއްލުންދޭން ރާވާފައިވޭ: ފުލުހުން

large_144363553754Yodk

އެމްޑީޕީން ކުށްކުރާ ގްރޫޕުތައް ނެރެ، ތަންތަނަށް ގެއްލުންދޭން ރާވާފައިވޭ: ފުލުހުން

SHARE

އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހު ބާއްވާ ސިޔާސީ އެއްވުމުގައި ގްރޫޕްތައް ނެރެ މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ. އެހެންނަމަވެސް، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އެހެންކަމުން، އެފަދައިން ސުލްހަވެރިކަމާ އެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ހަމަޖައްސާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެއްވުން ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް އެ ހިނގާލުން ކުރިއަށް ގެންދަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމަށެވެ. މިކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނެފައިވަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ގޮވާލާފަވެ އެވެ. އަދ،ި މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފަ ވެއެވެ.

ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގެއްގައި އެ އެއްވުން ބޭއްވުމަށް ފުލުހުން ވަނީ އެ ޕާޓީއަށް ހުއްދަދީފަ އެވެ.