މިދިޔަ ހަފްތާގަ އެކަނި ހައިވޭގަ 46 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 21 އިން 27 އަށް މާލޭ- ހުޅުމާލޭ ބްރިޖު ހައިވޭގައި 40 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވެ އެވެ. އެގޮތުން:
- ސެޕްޓެމްބަރު 21: 10 އެކްސިޑެންޓު
- ސެޕްޓެމްބަރު 22: 8 އެކްސިޑެންޓު
- ސެޕްޓެމްބަރު 23: 6 އެކްސިޑެންޓު
- ސެޕްޓެމްބަރު 24: 6 އެކްސިޑެންޓް
- ސެޕްޓެމްބަރު 25: 6 އެކްސިޑެންޓު
- ސެޕްޓެމްބަރު 26: 4 އެކްސިޑެންޓު
- ސެޕްޓެމްބަރު 27: 6 އެކްސިޑެންޓު
މީގެތެރެއިން 63% އެކްސިޑެންޓު ހިނގީ ދުވާލުގެ ވަގުތުގަ އެވެ. ރޭގަނޑުގެ ވަގުތުގައި 37% އެކްސިޑެންޓު ހިނގާފައިވެ އެވެ.
11 މީހުންނަށް ބޮޑެތި އަނިޔާ ލިބުނު އިރު 45 ވެހިކަލްއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ބަސް އަިދ ސައިކަލާއި ކާރު ޖެހިގެންނެވެ.