ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލުތައް ހުއްދަ ނުނަގައި ވިއްކާތީ ސަމާލުވާން އެދިއްޖެ

large_thumb_1759124175165

ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލުތައް ހުއްދަ ނުނަގައި ވިއްކާތީ ސަމާލުވާން އެދިއްޖެ

SHARE

އިވެންޓްތައް ބޭއްވުމަށް ހުއްދަ ނުނަގައި ސްޓޯލްތައް ވިއްކާތީ ސަމާލުވާން އެދިއްޖެ އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެޗްޑީސީން ހުއްދަ ދިނުމުގެ ކުރިން، ހުޅުމާލޭގެ އެކި ތަންތަނުގައި އިވެންޓުތައް ބާއްވަން ނިންމައި އެ ތަންޔަނުން ސްޓޯލް ވިއްކަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ އެޗްޑީސީން ވަނީ އެއްވެސް ބަޔަކު ހުޅުމާލޭގައި ބާއްވާ އިވެންޓަކުން ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްތޯ ބެލުމަށް އެދިފަ އެވެ. އެޗްޑީސީގެ ބުނީ އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނުގެ ނަމްބަރު 3356112 އަށް ގުޅައި އެކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެއާތަކާއި ނައިޓް މާކެޓުތަކާއި މަގުމަތީ ބާޒަރުތައް ބޭއްވުމަށް ހުސް ސަރަހައްދުތައް ދޫކުރުން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފަ އެވެ.