ކޮންޓެންޓް ކްރިއޭޓަރުންގެ ހާއްސަ ލޯނެއް ހުޅުވާލައިފި

vghbnm-850x548

ކޮންޓެންޓް ކްރިއޭޓަރުންގެ ހާއްސަ ލޯނެއް ހުޅުވާލައިފި

SHARE

ކޮންޓެންޓް ކްރިއޭޓަރުންނަށް މި ސަރުކާރުން ދޫކުރަން ނިންމި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފި އެވެ.

އެސްޑީއެފްސީން މައުލޫމާތު ދިން ގޮތުގައި މި ލޯނު ސްކީމުގެ ދަށުން ރަހުނަކާ އެކު 500،000 ރުފިޔާ އަދި ރަހުނަކާ ނުލައި 150،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކަށް ލޯނު ނެގޭނެ އެވެ. މި ލޯނަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމުގެ މަގްސަދުގައި ތައާރަފުކުރި ލޯނެކެވެ.

އެސްޑީއެފްސީން ބުނިގޮތުގައި ލޯނު ދޫކުރަން ނިންމީ، އަހަރަކު 9.5 ޕަސެންޓުގެ އިންޓްރެސްޓުގެ ރޭޓެއްގައި ކަމަށެވެ. އަދި އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބި ސްކީމްގެ ގްރޭސް ޕީރިއަޑަކީ ހަ މަސް ދުވަހެވެ.

މީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުފުޅެކެވެ.