ސީއެސްސީ، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ

sss

ސީއެސްސީ، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ

SHARE

ޕޭ ހާމަނައިޒޭޝަންގެ ދަށުން ސިވިލް ސާވިސް (ސީީއެސްސީ)، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 ގައި ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރުގެ ރިޔާސީ ބަޔާން ދެއްވަމުން އިއުލާނުުކުރެއްވި ގޮތަށް މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ތެރޭގައި ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ" ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައ ވެސް ވަނީ ސީއެސްސީއާއި ޖުޑިޝަރީގެ މުސާރަތައް ހާމަނައިޒްކުރުމަށް 500 މިލިއަން ކަނޑައަޅާފަ އެވެ. ސީއެސްސީގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކުރުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.