މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

big_i7sA1dASum3CwgPnSVFFKHCQW

މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

SHARE

މޯލްޑިިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު އިއުލާނެއްގައި ވަނީީ މީޑިއާ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައެވެ. މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު 04 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމަޔަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މީޑިއާ ކޮމިޝަނުގެ އިންތިހާބަށް ކުރިމަތިލުމުގެ ބައެއް ޝަރުތުތަކުގެ ތެރޭގައި:

  1. އުމުރުން 30 އަހަރު ވެފައިވުން
  2. ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހެއްކަމުގައިވުން
  3. މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
  4. ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  5. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
  6. ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ފޯމު ހުށަހަޅަންޖެހޭނީ އީސީ ހިންގާ އޮފީސް، ނުވަތަ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފަންގިފިލާ އަށެވެ.

މީޑިއާ ކޮމިޝަނު އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ. އާ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި ކޮމިޝަން އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޝަން އެކުލަވާލަން ދެން މީޑިއާ ރެގިއުލޭޓް ކުރަމުންދަނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި 5 މެމްބަރުންގެ ވަގުތީ ކޮމިޓީ އަކުން ނެވެ.

މީޑިއާ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.