ލިސްޓަށް އުނިއިތުރެއް ނުގެނޭ، ނުވެސް ގެނެވޭނެ: މުއްތަލިބު

342146_3_2a38a2c021971ba77a2927b8c1acc1f99dd53cdf-rbqtwymsz6diqogmubypc1j5gaetolqs5u2o20zn14

ލިސްޓަށް އުނިއިތުރެއް ނުގެނޭ، ނުވެސް ގެނެވޭނެ: މުއްތަލިބު

SHARE

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓަށް އުސޫލުން ބޭރުން ބަދަލު ގެނެސް، އެއްވެސް ފަރާތެއް އެ ލިސްޓަށް އިތުރުކުރެވިފައި ނުވާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ބަޔަކު ވަގަށް ވިއްކަމުންދާ ވާހަކަދައްކަމުން އަންނާތީ، އެކަން ދޮގުކުރައްވާ މިނިސްޓަރު މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 15 ނޮވެންބަރު 2023 ގައި އިއުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓު ކަމަށެވެ. އަދި އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިއުލާނުގައި ވާ ގޮތަށް ކަމަށާއި ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީން ކުރެވޭ ފަރާތްތައް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގެޒެޓު ކޮށްފައިވާ ލިސްޓާއި އިއުލާނާ ހިލާފަށް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ހައުސިން ޔުނިޓު ލިބުނު ފަރާތްތަކަށް އެ ތަންތަން މިހާރު ދަނީ ހަވާލުކުރަމުން ނެވެ. އެންމެ ފުރަތަމަ ހަވާލުކުރަނީ އެ ކުންފުނިން ބުނިގޮތުމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 14 ވަނަ ޓަވަރުގެ ޔުނިޓްތަކުގެ ތަޅުދަނޑިތަކެވެ. މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގަ ވަނީ ސޮއިކޮށްފަ އެވެ.