ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފި

885a12e9-6584-43fa-8d13-03799b5f47bf

ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފި

SHARE

ހުުޅުމާލޭގެ ފިހާރައެއްގައި އަންހެެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގަ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މާރާމާރީގައި ޒަހަމްވެފައި ވަނީ ހުޅުމާލޭ ފޭސް 1 ގަ ހުންނަ ފިހާރައެއްގަ މަސައްކަތް ކުރާ ނޭޕާލް އަށް ނިސްބަތްވާ 21 އަހަރުގެ އަންހެނެކެވެ. އޭނާއަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަަރުވާދެމުން ނެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ ޖަހަންގިރު މިއާ އެވެ. އޭނާ އިއްޔެ ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ސީސީޓީވީ ކެމެރާ ފުޓޭޖް ބަލައިގެންނާއި އެހެނިހެެން ގޮތް ގޮތަށް ތަހުގީގު ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓްކޮށްގެން ކަމަށެވެ. އެ މީހާ ހައްޔަރުކުރީ ހުޅުމާލޭ ފޭސް 2 އަކުން ނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.