ބިދޭސީ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ފުލުހެއް މަގުމަތީގައި (ފޮޓޯ/ ފުލުހުންގެ ޚިދުމަތް)

ބިދޭސީ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި

SHARE

ހުުޅުމާލޭގައި މަސައްކަތްކުރާ އަންހެެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ ޚިދުމަތަށް ރިޕޯޓުކޮށްފައިވަނީ 12:45 ހާއިރު ކަމަށެވެ.

"މި މާރާމާރީގަ އަނިޔާވެފައިވަނީ ހުޅުމާލޭ ފޭސް 1 ގަ ހުންނަ ފިހާރައެއްގަ މަސައްކަތް ކުރާ ނޭޕާލް އަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށް" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ނެވެ.