އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

large_thumb_1758783308337

އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

SHARE

ތ. އޮމަދޫގެ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

އޮމަދޫ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.

މީގެއިތުރުން، އޮމަދޫގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސަތްކަތް ވެސް ވަނީ ފަށާފަ އެވެ.

އެ ރަށުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އޮމަދޫގެ ބީއެމްއެލް އޭޓީއެމް ހިދުމަތް ވެސް ރައީސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.

މި ހިދުމަތް ފައްޓަވާދެއްވުމަށް ފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލް ރައީސަށް ހަވާލުކުރައްވާފަ އެވެ. އޮމަދޫގައި ގާއިމުކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ވިދާޅުވެ އެވެ.