ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި، މި ސިނގިރޭޓުތައް އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ، މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ ކަމަށެވެ.
އަދި މި މައްސަލަ މިހާރު ކަސްޓަމްސްއިން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސައްތަ ވަނީ ބޮޑުކުރިފަހުން، ގިނަ އަދަދެއްގެ ސިނގިރެޓް ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެންފައިވެ އެވެ.