ދިވެހީންނަށް ވިސާއާ ނުލާ އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފި

G1p4_7Oa4AAdV4Y

ދިވެހީންނަށް ވިސާއާ ނުލާ އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފި

SHARE

ދިވެހިންނަށް އަޒަރުބައިޖާނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ވިސާއަކާ ނުލައި، އެ ގައުމަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ދަތުރުފަތުރު ކުރުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދިވެހިންނަށް އޯޑިނަރީ ޕާސްޕޯޓުގައި ވިސާއާ ނުލައި އަޒަރުބައިޖާނަށް ޒިޔާރަތް ކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައިވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފަ އެވެ.