އާރުޓީއެލްގެ ޚިދުމަތް ތ. އަތޮޅަށް

އާރުޓީއެލްގެ ޚިދުމަތް ތ. އަތޮޅުގައި ވަނީ ފަށާފަ (ފޮޓޯ/ ރައީސް އޮފީސް)

އާރުޓީއެލްގެ ޚިދުމަތް ތ. އަތޮޅަށް

SHARE

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ތ. އަތޮޅަށް ފުޅާކޮށްފި އެވެ.

ތ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަރް ރަސްމީކޮށް ފައްޓަވައިދެއްވީ ރާއްޖޭގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. އަތޮޅުގެ ވޭމަންޑުއަށް ވަޑައިގެން، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ތ. އަތޮޅު ހިމެނެނީ ޒޯން 4 ގަ އެވެ. މި ޚިދުމަތް އެ އަތޮޅުގައި ހަފްތާއަކު 6 ދުވަހު ދެ ސްޕީޑް ފެރީ މެދުވެރިކޮށް 5 ރޫޓަކުން ލިބޭނެ އެވެ. ފެރީގެ ޚިދުމަތް ގެށިގެން ދިއުމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިކްތިމާއީ ގޮތުންގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ޚިދުމަތް ދެމުންދާ އެމްޓިސީސީން ގަބޫލުކުރެ އެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ތ. އަތޮޅު ހިމެނޭހެން 12 އަތޮޅެއްގައި މިހާރު ލިބޭނެ އެވެ. އިތުރު 8 އަތޮޅުގައި ވެސް އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.