ހިރިލަންދޫގެ ހަތަރު މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފަށައިފި

G1lXiU3bQAAQd4Q

ހިރިލަންދޫގެ ހަތަރު މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފަށައިފި

SHARE

ތ.ހިރިލަންދޫގެ އާ މިސްކިތާއި، ކައުންސިލު އިދާރާ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އަދި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހިރިލަންދޫގައި ގާއިމުކުރާ 500 މީހުންގެ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ރައީސްއާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންގަ އެވެ.

މީ ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ކުރިޔަށް ދާ މަޝްރޫއުއެކެވެ. އެ މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެ އެވެ.

މިސްކިތުގެ އިތުރަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވެސް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފަައިވެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. އަރިހުގައި އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަދި ރަށު ކައުންސިލުގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.

މީގެއިތުރުން އާރްސީސީއާ ހަވާލުކޮށްގެން ހިރިލަންދޫގައި ގާއިމްކުރާ އާ ކައުންސިލް އިދާރާ ގެ ބިންގާ އަޅާ، އެ މަޝްރޫއުގެ އަމަލީ މަސަތްކަތްވެސް ފައްޓަވައިދެއްވި އެވެ. މި މަޝްރޫއުގެ އަމަލީ މަސަތްކަތް ފެއްޓެވީ، ލޯކަލް ގަވަމެންޓު މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ.

މި މަޝްރޫއުތަކުގެ އިތުރުން، ހިރިލަންދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ. މި މަޝްރޫޢުއަކީ 70.5 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. ވަޒީރު ޑރ. މުއްތަލިބްގެ އަރިހުގައި، މަޖިލީހުގެ މެންބަރު އަލީ އަޝްރަގް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު އިބުރާހިމް ނަޒީމް، އަދި ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.