އައްޑޫ ސިޓީ، ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ 01:17 ގަ އެވެ.
މާރާމާރީގައި ޒަހަމްވެފައިވަނީ ފުލުހުން ބުނިގޮތުގައި، 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ ހަޑިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއަށް މިހާރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާދެމުންދާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.