މ. ކޮޅުފުށީ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފައްޓަވާ ދެއްވީރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވީ، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އަދި އަރިހުގައި އާރްޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް އާއި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަލީމް ބައިވެރިވެވަޑައިގަތެވެ. އާރުޑީސީން ކޮޅުފުށީގެ މަގުތައް ތަރައްޤީކުރާއިރު، އެރަށުގެ 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރަށް ކޮޅުފުށީގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
ކޮޅުފުފީގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އަދި އަރހުގައި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް، ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަލީމް، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވަޑައިގަތެވެ.
2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
މި ސެންޓަރުތަކަކީ ރައްޔިތުންގެ ދުޅަހެޔޮ ޞިއްޙަތަށް ބާރުއަޅައި، ހިތްވަރުދިނުމަށް ސަރުކާރުން ކުރައްވާ ބޮޑު އިންވެސްޓްމަންޓެކެވެ.