ނާލާފުށީގެ އައު ކައުންސިލް އިދާރާ އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
މި ދެތަނުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ނާލާފުއްޓަށް ވަޑައިގެންނެވެ.
ނާލާފުށީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް އަރިހުގައި ވަޑައިގެންނެވި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވަައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުޛ ރާފިއު އެވެ. އަރިހުގައި ނާލާފުށީ ކައުންސިލުގެ ރައީސާއި އެ ދާއިރާގެ މަޖިލިސް މެންބަރުވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއު ހިންގަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ބިންގަނޑު ކޮނުމާއ،ި މޭ ޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކު ރުމާއ،ި ފުރާޅު ހަރުކުރުމާއ،ި ދަވާދު ލުމުގެ މަސައްކަތްތައް ކުރެވޭނެއެވ.ެ މި މަޝްރޫޢަކީ 4.61 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
546 މީހުންގެ އާބާދީއެއް ދިރިއުޅޭ ނާލާފުށީގެ ރައްޔިތުންނަށް ޓަކައި މިފެށިގެންދާ މަޝްރޫޢުގެ މަސައްކަތް ނިމުމާ އެކ،ު ޞިއްޙީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރ ގާއިމުކުރުމުގެ މަސައްކަތް ފަށައި ދެ އަހަރު ތެރޭ އެ މަސައްކަތް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މީގެ އިތުރަށް ނާލާފުށީ ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އަޅައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނޭންސް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. މިއީ ސަރުކާރުން އާރްސީސީއާ ހަވާލުކޮށްގެން ހިންގަމުންދާ މަޝްރޫއެކެވެ.
ނާލާފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.
މީގެއިތުރުން ނާލާފުށިގައި އަލަށް ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާވެސް އަޅައިފައިވެއެވެ. މި ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ދާއިރާގެ މެންބަރާއި ކައުންސިލް ރައީސެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.