ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދޭން ނާލާފުށި ކައުންސިލުން އެދިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނާލާފުށީ ކައުންސިލާ ބައްދަލުކުރައްވަނީ

ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދޭން ނާލާފުށި ކައުންސިލުން އެދިއްޖެ

SHARE

މ.ނާލާފުށްޓާއި އެ އަތޮޅު މުލީ ގުޅާލާ ކޯޒްވޭގެ މަޝްރޫއު އަވަސްކޮށްދިނުމަށް ނާލާފުށީގެ ރައްޔިތުން މިއަދު އެދިއްޖެ އެވެ.

އެ ރަށުގެ ރައްޔިތުން މިގޮތަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލުން ވަނީ، ބަނދަރު އަޕްގުރޭޑްކުރުމާއި ފެނާއި ނަރުދާމާގެ މައްސަލަ ހައްލުކޮށްދިނުމަަށް އެދިފަ އެވެ. ރަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރުކޮށްދިނުމަށާއި ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ މުހިއްމުކަމާއި، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނެރޭޓަރެއްގެ މުހިންމުކަން ވެސް ފާހަގަކުރި އެވެ.

މީގެއިތުރުން ކައުންސިލުން ވަނީ، ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ވެސް އެދިފަ އެވެ.  ނާލާފުށްޓާއި މުލީ 565 މީޓަރުގެ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.