މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ހުޅުމާލޭގައި 118 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ދިވެހިންގެ ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ހުޅުމާލޭ ޓްރެފިކް ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އޮގަސްޓް 1 އިން 31 އަށް ހުޅުމާލޭގައި 118 އެކްސިޑެންޓު ހިނގި ކަމަށެވެ. އޭގެ ތެރެއިން 5 މީހަކަށް ސީރިއަސް އަނިޔާ ލިބުނުއިރު، 48 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި، ބަދަލުގެ ގޮތުގައި އެކި މީހުންގެ އަތުން 245،481 ރުފިޔާ އަތުލައިގަނެފަ އެވެ.
ޓްފެފިކް ފުލުހުން ބުނީ މިދިޔަ މަހު 1661 ވެހިކަލް މަގުމަތިން ހުއްޓުވައި ފާސްކުރި ކަމަށާއި 354 މީހުންނަށް އަނގަބަހުން ނަސޭހަތް ދިން ކަމަށެވެ. މަގުތައް ތޮއްޖެހިގެން 855 ފަހަރު ފުލުހުން ހަރަކާތްތެރިވިިއިރު އެކަމުގައި 448 ގަޑީއިރު ޓްރެފިކް މެނޭޖްކުރުމަށް ހޭދަކޮށްފައިވެ އެވެ.
ލައިންސް ނެތި ދުއްވައިގެން 120 މީހެއްގެ އުޅަނދު ޓޯކޮށްފައިވެ އެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން 36 މީހެއްގެ އުޅަނދު ޓޯ ކުރިއިރު މޮޑިފައިކޮށްފައިވާ 12 ވެހިކަލް ޓޯކުރިއިރު 114 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެ އެވެ.