އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފި

އައިޑީ ކާޑެއް (ފޮޓޯ/ ދެން. އެމްވީ)

އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށްފި

SHARE

ސަރުކާރުން ކަނޑައެޅި މުއްދަތު ހަމަވުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފުޅާކޮށްފި އެވެ.

މި އަހަރުގެ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން އައިޑީކާޑާއި، ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އިއްޔެ ވ. ފެލިދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ގާއިމުކުރެވުމާއެކު ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ވައުދުފުޅު ވަނީ ފުރިހަމަވެފަ އެވެ.

ފެލިދޫ އިން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭން ފެށީ، ރައީސް މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓައިވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަންނަ މަސް ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފުޅާކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.