ވޭޕް ބޭނުންކުރަން އެމްޑީޕީން ހިތްވަރު ދެނީ

Screenshot 2025-09-20 at 12.18.24

ވޭޕް ބޭނުންކުރަން އެމްޑީޕީން ހިތްވަރު ދެނީ

SHARE

ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން އެކަމަށް ފާޑުކިޔައި، ވޭޕް ބޭނުންކުރަން ހިތްވަރު ލިބޭ ގޮތަށް އިދިކޮޅު އެމްޑީޕީން ވާހަކަދައްކައިފި އެވެ.

ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މިފަހުން ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވަނީ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭ ގޮތަށް މި ސަރުކާރުން ގެނެސްފައިވާ ބައެއް އިސްލާހުތައް ރައްޔިތުންގެ މަޝްވަރާއާ އެކު އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން ސަރުކާރެއް އަޔަސް ގާނޫނުއަސާސީ ބަދަލުނުކުރެވޭ ވަރަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އިސްލާހުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒްގެ މި މޭރުމުން ވާހަކަދައްކަވާފައިވަނިކޮށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް ހުރި އަހުމަދު މަހުލޫފް ވަނީ ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ ސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުންކަމަށް ވިދާޅުވެ މި ސަރުކާރުގެ އެ ނިންމުން ދިފާއުކުރައްވާފަ އެވެ.

‘އެކްސް’ގައި މަކުރެއްވި ޕޯސްޓެއްގައި ހްލޫފް ވިދާޅުވީ، ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން މިވަގުތަށް އެއްބަޔަކު ހިތްހަމަ ނުޖެހުނަސް، މީގެ މަސްތަކެއް ނޫނީ އަހަރުތަކެއް ފަހުން، މިނިންމުމާއެކު ވޭޕުކޮށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި އެތައް ހާސް ޒުވާނުން އެކަމާމެދު އުފާކުރާނެކަމަށެވެ.

އަދި، ކޮންމެ މަހަކު ދުންފަތަށް އިސްރާފުކުރަމުންދިޔަ އެތައްހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެކަމަށާއި، ވޭޕުގެ އަވައިގައި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް ސަލާމަތްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުން ކުރުން މަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެފަދަ ކަމެއްކޮށްފިނަމަ 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.މީގެއިތުރުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނަގައެވެ. ކުރިން ސިނގިރޭޓާއި ބިޑިން ޑިއުޓީ ނަގަމުން އައީ 25 އިންސައްތައެވެ. އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގަމުން އައީ ތިން ރުފިޔާއެވެ.