ފެލިދޫ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

DSC_0229

ފެލިދޫ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

SHARE

ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

105.36 މިލިއަން ރުފިޔާގެ މި މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން 2563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއި، 76،175 އަކަފޫޓުގެ ޖެލްތު ސެންޓަރު ބްލޮކެއް ހިމެނޭހެން 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެ އެވެ. ބިން ގަނޑު ކޮނެ، ލެވެލް ކުރުމާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި، ކުޑަދޮރު ހަރުކުރެވޭނެ އެވެ.

މި މަޝްރޫއުއާއެކު ވ. ފެލިދޫއާއި ވ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން މާލެއަށް ބޭސް ފަރުވާއަށް ކުރަން ޖެހޭ ދަތުރުތައް މަދުވެ، ސިއްހީ ގޮތުންނާއި މާލީ ގޮތުން ވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.