ފެލިދޫގެ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފެލިދޫ ކައުންސިލާ ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ފެލިދޫގެ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިއްޖެ

SHARE

ވ. ފެލިދޫ އަށް ދިމާވެފައިވާ ބިލުގެ ދަތިކަން ހައްލުކޮށްދިނުމަށް އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.

ފެލިދޫ ކައުންސިލުން މިގޮތަށް އެދުނީ، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގަ އެވެ. ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ފެލިދޫ ކައުންސިލުން ވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ދަތިތައް ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ހުރުމާއެކު، ވަކި ވަކި ކުޅިވަރު ކޯޓްތަކުގެ ބަދަލުގައި ރަށަށް އެންމެ ރަނގަޅީ ސްޕޯޓްސް ކޮންޕޮލެކްސް އެއް ކަން ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ސީއެމްބިއުލާންސްގެ މުހިންމުކަން ރަށުގެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ކުރި ކޮޅު ފައްޓަވާނެ ކަމަށެވެ. އަދި ސީ އެމްބިއުލާންސްގެ ޚިދުމަތް ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.