ދިއްފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް

88c6e179-f340-4c37-af1c-16960b329523

ދިއްފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް

SHARE

ކ. ދިއްފުށީގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފި އެވެ.

އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެ ކުންފުނިން ބުނީ، މިހާރު ކުރިއަށް ދަނީ ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް ބީމްތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. ދެން ކުރިއަށް އޮތީ ބޭރު ފާރުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެ އެވެ.

ދިއްފުށީ ފުޓުބޯޅަ ދަނޑަކީ 2018 ވަނަ އަހަރުއްސުރެ ބޭނުންކުރަމުން އަންނަ ތަނެކެވެ. އެހެން ނަމަވެސް އެ ތަނުގެ ވަސީލަތްތައް ފުރިހަމަނުވުމުން ބޭނުންކުރާ ފަރާތްތަކަށް އެތައް ދަތިތަކާ ކުރިމަތިވެ އެވެ. މިގޮތަށް ވަސީލަތްތައް ފުރިހަމަނުކޮށް ހުރި ދަނޑުތައް ތަރައްގީކޮށް ނިންމުމަމީ މި ސަރުކާރުގެ އަމާޒެކެވެ.