ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 60 ގަސް އިންދައިފިއެވެ.
މި ހަރަކާތުގައި، ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީތު ބާލަސުބްރަމާނިއަމް އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު، ތާރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.
މިނިސްޓްރީން ބުނީ، މި ހަރަކާތް ކުރިއަށްގެންދިޔައީ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުންތަކަށް އަލިކަމެއް ގެނެސްދިނުމާއި، ކުރިމަގަށްޓަކައި މި ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައިކަމަށެވެ.
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި ހާއްސަ ބައިވެރިއެކެވެ. ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގޮތުންވެސް ރާއްޖެއާ އިންޑިއާގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ.
މިހިނގާ 2025 ވަނަ އަހަރަކީ، ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނު އަހަރެވެ.