ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 18 ބިން ވިއްކަން އިއުލާންކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެޗްޑީސީން ވަނީ ފޭސް ދޭކުން 16 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ. އަދި އޭގެ ކުރިން މެއި މަހު ވެސް 13 ބިން ވިއްކަން ހުޅުވާލާފައިވެ އެވެ.
ހެލޯ ވޯލްޑް
މި ފަހަރު އެޗްޑީސީން ހުޅުވާލީ 18 ބިމެއް ވިއްކާށެވެ. އެއީ ފޭސް ދޭއްގެ ބީޗް ފްރަންޓުގެ ދެ ބިމަކާއި، ބީޗް ސައިޑުގެ 16 ބިމެވެ.
ބީޗު ޕްރަންޓުން ބިން ވިއްކަނީ 1،454 އަކަފޫޓުގެ ބިމަކާއި 1،261 އަކަފޫޓުގެ ބިމެކެވެ. ބީޗް ސައިޑުން ވިއްކަނީ 1،316 އަކަފޫޓާއި 1،584 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
ހުޅުމާލެ 2 ގެ ބީޗް ސައިޑުން ބިން ވިއްކާ އެންމެ ދަށް އަގަކީ އަކަފޫޓެއް 4،000ރ. އެވެ. ބީޗް ފްރަންޓުން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށެވެ. އެހެންވެ، އަލަށް ހުޅުވާލި 1،261 އަކަފޫޓުގެ ބިމުގެ އަގު 5.7 މިލިއަން ރުފިޔާ އަށް އަރަ އެވެ. ބީޗް ފްރަންޓުން ހުޅުވާލި 1،454 އަކަފޫޓުގެ ބިމުގެ އަގު 6.5 މިލިއަން ރުފިޔާއަށް އަރަ އެވެ.
މި ބިންތައް ވިއްކަން އެޗްޑީސީން ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށެވެ.