ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ ބިލާ އެމްޑީޕީން ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ތަޅުން

ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ ބިލާ އެމްޑީޕީން ދެކޮޅު

SHARE

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު ފާސްކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީން އެ ބިލަށް ނޫނެކޭ ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން މި ބިލަށް ނޫނެކޭ ވިދާޅުވި ނަމަވެސް، އެ ބިލު ވަނީ 64 މެމްބަރުންގެ ވޯޓާއެކު ފާސްވެފަ އެވެ.  ބިލާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންނަކީ: 

  1. ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
  2. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް
  3. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
  4. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
  5. ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
  6. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
  7. ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު
  8. ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު
  9. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
  10. މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
  11. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
  12. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

ވޯޓާ ގުޅުވައި އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވަނީ ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. މީގެ ބޭނުމަކީ، އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ، ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުން ގެންދިއުމެވެ. އެގޮތުން ރިޔާސީ ދައުރު ދަންމާލުމަކީ މިފަދަ ގާނޫނެއްގެ މަގުސަދު ކަމަށް ބުނެފައިވެ އެވެ.

ރިޔާސީ ދައުރު ދަންމާލަން އުޅޭ ކަމުގެ ވާހަކަތައް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙީމް ފަލާހު ވަނީ މިއަދުގެ ޖަލްސާގައި ދޮގުކުރައްވާފަ އެވެ.