ނިންމުންތައް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައި ދިވެހިންގެ އަޑު އަހާނަން: ރައީސް

އީދު ދުވަހު ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުން (ފޮޓޯ/ ރައީސް އޮފީސް)

ނިންމުންތައް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައި ދިވެހިންގެ އަޑު އަހާނަން: ރައީސް

SHARE

ނިންމުންތައް ނިންމުމުގެ ހުރިހާ މަރުޙަލާއެއްގައި ދިވެހިންގެ އަޑު އައްސަވައި، ދިވެހިންގެ ހިިޔާލު ބަލައިގަންނަނާނެ ކަމަށް ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅުވައި ރައީސްގެ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކަންކަމުގައި އަންހެނުންނާއި ޒުވާނުން ތަމްސީލުވާ މިންވަރު އިތުރުކުރުމަށް ސާބިތުކަމާ އެކު މަސައްކަތް ކުރަމުންދާއިރު ނިންމުންތައް ނިންމުމުގެ ހުރިހާ މަރުޙަލާއެއްގައި ވެސް ދިވެހިންގެ އަޑުއަހައި، އެމީހުންގެ ޚިޔާލުތައް ބަލައިގަންނާނެ ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، އަމިއްލަ އަށް ނިންމުންތައް ނިންމުމުން މަހުރޫމްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ކަމަށް ވިދާޅުވަމުން ނެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ޑިމޮކްރަސީ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީގެ އަސާސްތަކާއި ހަމަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކަނޑައަޅާފައިވާ ދުވަހެކެވެ. މިދުވަހުގެ ބޭނުމަކީ، ސަރުކާރުތަކާއި އާންމުންނަށް ޑިމޮކްރަސީއަކީ މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއް ބައިވެރިވެ، އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ގާނޫނީ ވެރިކަން ހިފަހައްޓާ ނިޒާމެއްކަން ހަނދާންކޮށްދިނުމެވެ.