ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރަން ފަށައިފި

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރަނީ

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރަން ފަށައިފި

SHARE

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ، ގޯތި ލިބުނު ފަރާތްތަކާއި އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާއިރު ގޯތި ލިބޭ ފައިނަލް ޕްލޮޓްތައް ކަނޑައަޅާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހެވެ. ޖެހިގެން އައި ޖުލައި މަހު ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރަން ފެށިއިރު ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފެށީ މި މަހުގެ ކުރީކޮޅެވެ. އެހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެއާ އެކު، ކުރިން ހެދި ރެޖިސްޓްރީތައް ބާތިލުކޮށް، އަލުން ރެޖިސްޓްރީ ހެއްދުމަށް ހުޅުވާލުމުން ގޯތި ލިބުނު ބައެއް މީހުން އެއްބަސްވުންތަކުގައި ސޮއިކުރަން ދެކޮޅު ހެދި އެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އަންނަނީ ގޯތިތަކާ ހަވާލުވަމުންނެވެ.