ގެދޮރުވެރިޔާ ފްލެޓު ލިބުނު 588 މީހަކު ޑިޕޮސިޓް ދައްކައިފި

342146_3_2a38a2c021971ba77a2927b8c1acc1f99dd53cdf

ގެދޮރުވެރިޔާ ފްލެޓު ލިބުނު 588 މީހަކު ޑިޕޮސިޓް ދައްކައިފި

SHARE

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓު ލިބުނު މީހުންގެ ތެރެއިން 588 މީހަކު ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ން ހާމަކޮށްފި އެވެ.

ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން މިހާރު ފަށާފައިވާއިރު ބައެއް ތަންތަނުގެ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފުރަތަމަ ހަވާލުކުރަނީ އެ ކުންފުނިން ބުނިގޮތުމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 14 ވަނަ ޓަވަރުގެ ޔުނިޓްތަކުގެ ތަޅުދަނޑިތަކެވެ. މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވަނީ އެ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

އެފްޑީސީން އެންމެ ފަހުން އާއްމުކުރި މައުލޫމާތުތަކުން އެނގޭގޮތުގައި މިހާތަނަށް 588 މީހަކު ވަނީ ޑިޕޮސިޓް ދައްކާފަ އެވެ. އަދި 909 ފަރާތެއް ޑިޕޮސިޓް ދައްކަން ތާވަލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

.ހައުސިން ޔުނިޓްތައް ހަވާލުކުރާއިރު އެ ޓަވަރެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ފުރިހަމަކުރެވިފައި ހުންނާނެ ކަމުގެ ޔަގީންކަން އެފްޑީސީން ވަނީ ދީފައެވެ.

ފުރަތަމަ ފްލެޓް ހަވާލުކުރާނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ  މީހުންގެތެރެއިން އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ކަމަށް އެފްޑީސީން ބުނެފައި ވެއެވެ.