މިމަހުގެ ފުރަތަމަ ހަފުތާގައި އެމްޕީއެލް އިން 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

MPL

މިމަހުގެ ފުރަތަމަ ހަފުތާގައި އެމްޕީއެލް އިން 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

SHARE

މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފި އެވެ.

އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 31 އޮގަސްޓު އިން 06 ސެޕްޓެންބަރާ ދެމެދު ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެ އެވެ.

މި މުއްދަތުގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 11،730 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 7،160 ޕެކޭޖުގެ ފިޔާ، 5،721 ޕެކޭޖުގެ ކަރާ، 4،559 ޕެކޭޖުގެ އަލުވި، 3،636 ޕެކޭޖުގެ ޓޮމާޓޯ އަދި 2،640 ޕެކޭޖުގެ އަލަނާސިވެސް ކްލިއާކޮށްފައިވެ އެވެ.

މީގެ އިތުރުން 2،743 ޕެކޭޖުގެ ކެބެޖާއި، 1،835 ޕެކޭޖުގެ ދޮންކޭލާއި، 1،017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވީޓް މެލަންވެސް މި މުއްދަތުގައި އެމްޕީއެލް އިން ކްލިއާކޮށްފައިވެ އެވެ.

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި ދެ ކޮންޓެއިނަރު އުޅަނދާއި ހަތަރު ޖެނެރަލް ކާގޯ އުޅާނދު ހޭންޑަލްކޮށްފައިވެ އެވެ.