ކުރީގެ ރައީސުންނަށް ދޭ އިނާޔާތް ކުޑަކުރަން ތާއީދު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސުންނަށް ދޭ އިނާޔާތް ކުޑަކުރަން ތާއީދު: ނަޝީދު

SHARE

ރާއްޖޭގައި ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދެމުންދާ ޕެންޝަންގެ މިންވަރު ކުޑަކުރުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުދަ ދުވަހު އިއުލާނުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިއަދު 'އެކްސް' ގައި ޅެމެއް ހިއްސާކުރައްވަމުން ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންވާ ކަމަށެވެ.

"ލިބޭ މިންވަރު ނިކަން ދަނެގެން ވި ބޭނުންތައް ބަހާލައިގެން ތިބޭ ނަމައީ ފިކުރުކޮށްގެން މި ބެޒާރެއް ނުވެސް ވާނޭ." ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސުންނާއި މެމްބަރުންނަށް ދައުލަތުން ކުރާ ޚަރަދުތައް އާންމުކުރުމާއި އެކު އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ބޮޑުވެފައިވާއިރު، ރައީސް އެ އިނާޔަތް ކުޑަކުރުމަށް ނިންމަވާ އެކަން އިއުލާންކުރެއްވި ނަމަވެސް، މަޖިލީހަށް މި އިސްލާހުތައް ހުށަހަޅުއްވާނެ ވަކި އިރެއް އާންމެއް ނުކުރައްވަ އެވެ.