ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އެޑްމިޓްކޮށްފައި

big_eBhDi7mpjg91g8DsAjUsSJFSk

ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އެޑްމިޓްކޮށްފައި

SHARE

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުމޫން އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނަސްރީނާ އަށް މިދިޔަ ހަފްތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ. ފަރުވާދެމުން އަންނަނީ އިންފެކްޝަނަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނީ ނަސްރީނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަސްރީނާގެ އުމުރުފުޅުން މިހާރު 74 އަހަރެވެ.

ނަސްރީނާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބެމުން އަންނަ އޯގާތެރިކަމާއި އަޅައިލުމަށް މައުމޫނުގެ އޮފީހުގެ ބަޔާނުގައި ޝުކުރު އަދާކޮށްފައި ވެ އެވެ. އަދި ހެޔޮއެދޭ ފަރާތްތަކުންނައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި މެސެޖުތަކުން އާއިލާ އަށް ބޮޑު ހިިތްހަމަޖެހުމެއް ލިބެމުން އަންނާތީ އެކަމަށްޓަކައި ވެސް މައުމޫންގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.