ރާއްޖޭގެ ޝަރުއީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް އެދާރިއާއަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ޖުޑިޝަރީ މިނިވަންކަމާއެކު ކުރުޔަށްގެންދިޔުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުންކަމަށެެވެ. އެކަމަށް މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޖުޑިޝަރީއަށް މާލީ ގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާ އެކު ޖުޑިޝަރީއަށް ލިބިގެންދާނެ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.