ބިދޭސީންނާ މެދު އިހުމާލުވާ މީހުން ޖޫރިމަނާކުރަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން---- ފޮޓޯ: މިހާރު

ބިދޭސީންނާ މެދު އިހުމާލުވާ މީހުން ޖޫރިމަނާކުރަނީ

SHARE

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ބެހޭ ގޮތުން ވުޒާރާއިން ކޮށްފައިވާ ޢިއުލާނުގައި ވާގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި ގެނައި އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދިން ފަރާތުން އިހުމާލުވެއްޖެ ނަމަ އެ ފަރާތެއްގެ މައުލޫމާތު އާއްމުކުރާނެ އެވެ. އަދި އެ ފަރާތްތަކަށް މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ޚިދުމަތްތައް ޕޯޓަލް މެދުވެރިކޮށް ވަކި މުއްދަތަކަށް ހުއްޓާލުމާއި،

އޭގެ އިތުރުން، ވަޒީފާއަށް ގެނައުމަށް ފަހު ތަކުރާރުކޮށް ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް، މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން ހިމެނެ އެވެ. އެއާ އެކު، 7-65 ވަނަ މާއްދާގެ ށ. ގައި ނުހިމެނޭ ކަންކަމުގައި، 100،000ރ. އަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ހަވާލާދެވުނު މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.